އެމްޑީޕީގެ ހިތަދޫ މެމްބަރުން އިންތިޒާމް ކުރި ރޯދަ ވިއްލުމެއް ހިތަދޫ ބަނދަރު ސަރަހައްދުގައި ބާއްވައިފި އެވެ.
ރިއާސީ އިންތިހާބްގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން ބޭއްވި ރޯދަ ވީއްލުމަށް ޕާޓީގެ ގިނަ ސަޕޯޓަރުން ތަކެއް ވަނީ ބައިވެރިވެފަ އެވެ.
އިއްޔެގެ ރޯދަ ވީއްލުމަށް ޕާޓީގެ ސަޕޯޓަރުން ގޮސްފައިވަނީ ހިތަދޫގެ ވަށައިގެން ވެހިކަލް ބުރެއް ޖެހުމަށް ފަހު އެވެ.
އެމްޑީޕީން އަންނަނީ ރިއާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޖަގަހަ ތައް ހަދައި ކެމްޕެއިން ހަރަކާތްތައް ގިނަ ކުރަމުންނެވެ. އެގޮތުން ފޭދޫގައި ކޮންމެ ދުވަހަކު ހަވީރު ވެހިކަލް ބުރު ޖެހުން ކުރިއަށް ގެންދެ އެވެ.
އަދި ފޭދޫ، މަރަދޫ އަދި މަރަދޫފޭދޫގެ ބޮޑު މަގުގައި ޕާޓީ ދިދަ ފަތި ދަމައި ވަނީ ޒީނަތްތެރިކޮށްފަ އެވެ.