Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ބޯކޮށް ވާރޭވެހި އައްޑޫގެ ބައެއް ގެތަކަށް ފެންވަދެ ގެއްލުންތަކެއް!

ރެއިން ފެށިގެން އައްޑޫ ސިޓީއަށް ކުރަމުންދާ ބޯ ވިއްސާރާގައި އައްޑޫގެ އެކި ހިސާބުތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށް ގެއްލުންތަކެއް ވެއްޖެއެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާއިރު މޫސުމާ ބެހޭ އިދާރާއިން މިހާރު ވަނީ އައްޑު އާއި ފުވައްމުލަކަށް ރީނދޫ ސަމާލު ނެރެފައެވެ.

ފެން ވަދެފައިވާ ބައެއް ގެތަކުގެ ހިފާ ގެންގުޅޭ ސާމާނުތަކަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ އިރު ބައެއް މީހުން އަންނަނީ ކަމާއި ބެހޭ ފަރާތްތަަކަށް ގުޅައި އެހީތެރިވުމަށް އެދެމުންނެވެ.

އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ އައްޑޫއަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުންވާ ފަރާތްތަކަށް އައްޑޫ ކައުންސިލްގެ މުނިސިޕަލް މުވައްޒަފުންނާއި ފުލުހުން ނިކުމެ އެހީތެރިވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިންވެސް އެހީތެރިވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ ފެންވަދެ ގެއްލުން ލިބުނު ފަރާތްތަކުގެ މައުލޫމާތު އެއް ކުރުމުގެ މަސައްކަތް ކައުންސިލްގެ އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އީއޯސީ)އިން ކުރިއަށްދާނެ ކަމަށެވެ.

އައްޑޫއަށް ބޯކޮށް ވާރޭ ވެހިފައިވަނީ ވާރޭ ނުވެހޭތާ ގިނަ ދުވަސްތަކެއްވެ، ބައެއް ގޭތަކުން ބޯން ގެންގުޅޭ ވާރޭ ފެން ހުސްވެފައިވަނިކޮށެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެކަށީގެންވާ އެހީތެރިކަމެއް ނުލިބޭކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ތަފްސީލް އަންނަނީ….