Last Updated: June 9, 18:15
Tuesday, June 9, 2026
މުނިފޫހިފިލުވުން

"ދޯސްތާނާ 2" ގެ ބަތަލާއަަކަށް ދީޕިކާ

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ތަރުން މަންސުކާނީ 2008 ވަނަ އަހަރު ބެލުންތެރިންނާ ހަމައަށް ގެނެސް ދިން ކާމިޔާބް ފިލްމް "ދޯސްތާނާ" ގެ ސީކްއެލް "ދޯސްތާނާ 2" ގެ ބަތަލާއަކަށް ދީޕިކާ ޕަދުކޯން ހަމަޖައްސާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މީގެ ކުރިން އަޑުތައް ފެތުރިފައިވާ ގޮތުން ސީކްްއެލްގެ ބަތަލާއަކީ ކެޓްްރީނާ ކެއިފެވެ.

އެހެން ނަމަވެސް ކަރަންގެ ދަރްމާ އިން އެެންމެ ފަހުން ރިލީޒް ކުރީ ދީިޕިކާ އާއި ރަންބީރު ކަޕޫރު ލީޑް ރޯލް ކުުުޅުނު "ޔެ ޖަވާނީ ހޭ ދީވާނީ" އަށް ބޮކްސް އޮފީހުގައި ލިބުނު ބޮޑު ކާމިޔާބި އާ ގުޅިގެން "ދޯސްތާނާ 2" ގެ ބަތަލާއަކަށް ދީިޕިކާ ހަމަޖެއްސީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ނަމަވެސް މިކަން ކަރަން ވެސް، ތަރޫން ވެސް އަދި ދީޕިކާ ވެސް މިހާތަނަށް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.

އަބިޝެކް ބައްޗަން އާއި ޖޯން އަބްރަހަމް އާ އެކު "ދޯސްތާނާ" ގައި ބަތަލާގެ ރޯލް އަދާ ކުރީ ޕްރިޔަންކާ ޗޯޕްޅާ އެވެ.

މި ފިލްމްގެ ސީކްއެލް އަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އިރު، ކަރަން ބުނީ "ދޯސްތާނާ 2" އަންނަ އަހަރު ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށެވެ. އަދި ކުރީ ފިލްމެކޭ އެއްްގޮތަށް ސީކްއެލްގައި ވެސް އެެންމެ މުހިއްމު ރޯލެއް އަދާ ކުރާނީ ޖޯން އާއި އަބިޝެކް އެވެ.

މީގެ އިތުރުން އަދި އިތުރު ދެ އެކްޓަރުން ވެސް ފިލްމުން ފެނިގެން ދާނެ ކަމުގެ ޔަގީންކަން ކަރަން ވަނީ ދީފަ އެވެ.