Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

ހަވީރު ފިނިބުރު ޖަހާނަމަ ޖޫރިމަނާ ކުރަނީ

ހިތަދޫ ޕޮލިސް ސްޓޭޝަން. އައްޑޫލައިވް ފޮޓޯ: ހުސައިން ޒަހީން

ކަމެއް ނެތި ހަވީރު މަގުމައްޗަށް ފިނިބުރު ޖެހުމަށް ނިކުންނަ ފަރާތްތައް ޖޫރިމަނާ ކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ކައުންސިލުން މިނިންމުން ނިންމާފައިވަނީ ކޯވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ އެބަލި އައްޑޫގައި ފެތުރުން ކޮންޓްރޯލް ކުރުމަށް އާންމު ރައްޔިތުން އެއްވާ އެއްވުން ވީހާވެސް މަދުކުރުމަށެވެ.

އެގޮތުން ރަމަޟާން މަހުގެ ހަވީރު އާންމުކޮށް ގިނަ ރައްޔިތުން ވަކި ބޭނުމެއް ނެތި ދުއްވަންދާ ކަން ފާހަގަކޮށް ކައުންސިލުން ވަނީ މިބަލި ފެތުރުމަށް ޖާގަ ނުދިނުމަށް މިފަހަރު އެގޮތަށް ދުއްވާ ދުއްވުމަކީ މަނާ ކަމެއްގެ ގޮތުގައި ކަނޑައަޅައި، އެކަން ކުރާ ފަރާތްތަކުން 500ރ. އާއި 5،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރަން ނިންމާފައެވެ.

އައްޑޫގައި ކޯވިޑް ފެތުރުން ހުއްޓުވުމަށް ކައުންސިލުން ވަނީ މިހާރު ފިހާރަތަކާއި ރެސްޓޯރެންޓު ހުޅުވުން މަނާކޮށްފައެވެ.