Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ފުލުހުންނަށް މަރުގެ އިންޒާރު ދިން އެކަކު ކޯޓުން ދޫކޮށްލައިފި

ކްރިމިނަލް ކޯޓް. ފޮޓޯ: ވީނިއުސް

މާލޭގައި، ފުލުހުންނަށް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކުރި އެކަކު ކޯޓުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ މި މަހުގެ 24 ވަނަ ދުވަހުގެރޭ ފުލުހުންނަށް މަރުގެ އިންޒާރުދީ، ބިރު ދައްކައި އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކި މައްސަލައެއްގައި ރޭ ދަންވަރު 2:33 ހާއިރު މާލެއިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

އެ ދެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެތަނުން އެކަކު ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އަނެއް މީހާގެ ބަންދަށް ހަތް ދުވަސް ކޯޓުން ޖަހާދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.