ސ. ހިތަދޫގެ މަސް ދޯންޏަކުން އަށް ޓަނުގެ މަސް ހިތަދު އަށް މިއަދު ބަހައިފި އެވެ.
ހިތަދޫ، ފެންފިޔާޒުގެ، އަލީ އަބްދުއްސައްތާރު ދުއްވާ "އުފާ" ދޯނިން މިއަދު ބޭނި މަސް އެއްކޮށް ވަނީ ރަށުގެ ރައްޔިތުންނަށް ބަހައިފަ އެވެ.
މިއަދު ހަވީރު ހިތަދޫ ބަނދަރު ސަރަހައްދުގައި މަސް ބެހި އިރު ގިނަ ބަޔަކު ވަނީ މަސް ހޯދުމަށް ދިގު ކިއުއެއް ވެސް ހަދައިފަ އެވެ.
ބަނދަރުގައި މަސް ހޯދަން ގޮސް ހުރި މީހަކު ބުނީ މިކަމަކީ އާއްމުކޮށް ހިތަދޫ މަސްވެރިން ކުރާ ކަމެއް ކަމަށެވެ.
"ރަމަޟާން މަހުގެ 27 ވަނަ ދުވަހާ ދިމާކޮށް މި ކަމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެއް. މީ ވަރަށް ރަނގަޅު ކަމެއް." އޭނާ ބުންޏެވެ.
މިއަދު ހިތަދޫގެ ބަނދަރުމަތިން ފެނިގެން ގޮސްފައި ވަނީ އެކުވެރި އަހުވަންތަ ބަޔަކުގެ ކިބައިން ފެނިގެން ދާނެ ވަރަށް ރަނގަޅު ނަމޫނާއެއް ކަމަށް އޭނާ ބުންޏެވެ.