Last Updated: May 7, 20:45
Tuesday, May 7, 2024
ޚަބަރު

ކެނޯއެއްގައި ކުޅުދުއްފުއްޓަށް އަރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށި -- ފޮޓޯ / އަވަސް

ކެނޯއެއްގައި ހދ. ކުރިނބިން އެ އަތޮޅޫ ކުޅުދުއްފުއްޓަށް އަރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް ހދ. ކުރިނބިން ހދ. ކުޅުދުއްފުއްޓަށް ކެނޯއެއްގައި ދިޔަ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުން ހައްޔަރުކުރީ ކުޅުދުއްފުށި އެއާޕޯޓު ސަރަހައްދުން ކަމަށާއި އެމީހުން ހައްޔަރުކުރީ ރޭ 23:30 އެހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މައްސަލަ އަންނަނީ މިހާރު ތަހުގީގު ކުރަމުންނެވެ.

މާލެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށް އެހެން ރަށްތަކަށް މީހުން އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. މީގެކުރިންވެސް ކުޅުދުއްފުއްޓަށް މިގޮތަށް އަރަން އުޅުނު ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.