Last Updated: March 29, 10:36
Friday, March 29, 2024
ޚަބަރު

ސިއްހީ ދާއިރާގެ ބޭނުމަށް އެތެރެކުރާ ބައެއް ތަކެތީގެ ޑިއުޓީ ކަނޑާލައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ސިއްހީ ދާއިރާގެ ބޭނުމަށް ރާއްޖެ އެތެރެކުރާ އިތުރު ބައެއް ތަކެތީގެ ޑިއުޓީ ކަނޑާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރައީސް އެ ނިންމުން ނިންމަވާފައިވަނީ އިމްޕޯޓް ގާނޫނުގެ ދަށުން އެމަނިކުފާނަށް ލިބިވަޑައިގަންވާ އިހްތިޔާރުގެ ދަށުންނެވެ.

އެގޮތުން މިފަހަރު ޑިއުޓީ ކަނޑާލާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ ސިއްހީ ދާއިރާގެ ބޭނުމަށް އެތެރެކުރާ ގޮގުލްސް، ޕްރޮޓެކްޓިވް ގައުންސް، ކަވަރއޯލް، ހަޒްމަޓް ސޫޓްސް، ސަރޖަންސް ކެޕްސް އަދި ޝޫ ކަވަރ ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޭނުންވާ ތަކެތިންނެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި އެތެރެކުރާ ތަކެތީގެ ތެރެއިން މީގެކުރިން ވަނީ ޕްރޮޓެކްޓިވް މާސްކާއި ފޭސް ޝީލްޑާއި ޕްރޮޓެކްޓިވް އަންގި އާއި ސެނިޓައިޒާ އަދި ޑިސް އިންފެކްޓެންޓް ފަދަ ބައެއް ބާވަތްތަކުގެ އިމްޕޯޓު ޑިއުޓީ ވެސް ކަނޑާލަން ނިންމާފައެވެ.

ރާއްޖެއިން މިހާތަނަށް 226 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުން އަންނަނީ ހަލުވިކަމާއެކު އިތުރުވަމުންނެވެ.