Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

ހުއްދަ ނުހޯދާ ކެނދިކުޅުދޫ އަށް ދިޔަ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި

ނ.ކެނދިކުޅުދޫ

މޮނީޓަރިންގެ ހާލަތަށް ލާފައިވާ ނ. ކެނދިކުޅުދޫއަށް ދިޔަ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ރޭ 00:53 އެހާއިރު ނ. މާޅެންދޫ އިން ދެ މީހަކުވެގެން މާޅެންދޫ ކޮވިޑް19 ޓާސްކް ފޯސް އަށް ނޭނގި އަދި އެމީހުން ފުރި ދޯނީގެ ވެރި ފަރާތަށް ވެސް ނޭނގި މޮނީޓަރިންގެ ހާލަތަށް ލާފައިވާ ކެނދިކުޅުދޫއަށް ދިޔަ މައްސަލާގައި އެ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ދެ މީހުން ހައްޔަރު ކުރީވެސް މާޅެންދޫ އަށް ދިޔަ ފަހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ އެ މައްސަލާގައި ހައްޔަރުކުރީ 37 އަހަރުގެ ދިވެހި ފިރިހެނަކާއި 29 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ދެ މީހުންވެސް ހައްޔަރު ކުރެވިފައިވަނީ ކުށުގފެ ވެށިން ކަމަށް ވެސް ފުލުހުން ބުންޏެވެ.