Last Updated: July 3, 14:17
Thursday, July 3, 2025
ދުނިޔެ

މުސްލިމުންނަށް އިންޑިއާ ބޮޑު ނުރައްކަލަކަށް ވެއްޖެ: ޕާކިސްތާން

އިންޑިއާގެ މުސްލިމުންނަށް ކުރިމަތިލާންޖެހިފައިވާ އަނިޔާއާއި ނުރައްކާތައް ބަޔާންކުރައްވައި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހު މަޙުމޫދު ޤުރައިޝީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސްގެ ސެކްރެޓަރީ ޖެނެރަލް އަށާއި އެ ޖަމާޢަތުގެ ގައުމުތަކަށް ސިޓީއެއް ފޮނުއްވައިފިއެވެ. އެ ސިޓީގައި ބޮޑު ވަޒީރު މޯދީގެ ސަރުކާރުން އިންޑިއާގެ މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކުގެ ވާހަކަ ތަފުސީލުކޮށް ބަޔާންކޮށްފައިވެއެވެ.

ޕާކިސްތާނުގެ ޚާރިޖީވަޒީރު ލިއުއްވި ސިޓީގައި އިންޑިއާގައި މުސްލިމުންނަށް ކަންބޮޑުވާންޖެހޭ ދަރަޖައަށް ނުރައްކާ ކުރިމަތިވެފައިވާކަން ވަރަށް ބޮޑަށް ފާހަގަކުރައްވާފައި ވެއެވެ.

ޚާރިޖީވަޒީރު ޝާހު މަޙުމޫދު ޤުރައިޝީ ލިއުއްވި ސިޓީގައި އިންޑިއާއަކީ ހަމައެކަނި ހިންދޫންގެ ގައުމަކަށް ހަދަން ހައްދުފަހަނަޅާފައިވާ އާރުއެސްއެސް އިންނާއި ބީޖޭޕީން ކުރަމުންދާ މަސައްކަތުގައި މުސްލިމުންނާ ދެކޮޅަށް ނަފުރަތު އުފައްދަމުންދާކަން ވެސް ބަޔާންކުރައްވާފައި ވެއެވެ.

އިންޑިއާގައި ކޮރޯނާވައިރަސް ފެތުރެން ފެށުމުން ހިންދޫން އެކަމުގެ ޒިއްމާވެސް އަޅުވާފައި ވަނީ މުސްލިމުންގެ ބޮލުގައެވެ.

ޝާހު މަޙުމޫދު ޤުރައިޝީ އިތުރަށް ލިއުއްވާފައިވާ ގޮތުގައި މުސްލިމުންނާ ދެކޮޅަށް އިންޑިއާގައި ނަފުރަތު އުފައްދަން މަސަކްތް ކުރަމުންދަނީ ވަރަށް ފުޅާ ދާއިރާއެއްގައިކަން ވެސް ފާހަގަކުރައްވާފައިވެއެވެ.

ވަރަށް ނާތަހުޒީބު ގޮތްގޮތަށް ވިސްނަމުންދާ ހިންދޫން، ކޮރޯނާ ވައިރަސް އެގައުމުގައި ފެތުރުނީ މުސްލިމުގެ ސަބަބުންކަމަށްބުނެ މުސްލިމުންނަށް ވަރަށް ބޮޑަށް ގޯނާކޮށް އަނިޔާކުރަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. އަދި ކޮރޯނާވައިރަސް ޖެހޭ މުސްލިމުންނާމެދު ހިންދޫން ކަންތައްތައް ކުރަމުންދަނީ ވެސް ވަރަށް ނިކަމެތިކޮށްނެވެ.
އިންޑިއާގައި 200 މިލިއަނެއްހާ މުސްލިމުން އުޅެމުން އެބަދެއެވެ.