Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

ކަނޑުހުޅުދޫގައި ކުޑަކުއްޖަކު ވަޅަކަށް ވެއްޓި މަރުވެއްޖެ

ގއ. ކަނޑުހުޅުދޫގައި ކުޑަ ކުއްޖަކު ވަޅަކަށް ވެއްޓި މަރުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

ފުލުހުން ބުނީ މިއަދު 11:00 ހާއިރު ގއ. ކަނޑުހުޅުދޫ އިން ހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ވަޅަށް ވެއްޓި ނިޔާވެފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެރަށު ހެލްތު ސެންޓަރަށް ކުއްޖާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.