Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ޕޯޓު މުވައްޒަފަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) ގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފަކު ބައްޔަށް ޕޮޒިޓިވް ވެފައިވަނީ މީގެ ހަތަރު ދުވަސްކުރިން ކަމަށާއި އޭނާ އެންމެ ފަހުން ވަޒީފާއަށް ނުކުމެފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ކަމަށެވެ.

އަދި އެ މުއްވަޒަފަކީ އާންމު އުސޫލުން ޑިއުޓީއަށް ނިކުންނަ މުވައްޒަފެއް ނޫން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"އޭނާއަކީ ލޮކްޑައުންވި ސްޓާފުންނާއެކު ލޮކްޑައުންވި ސްޓާފެއް ނޫން. އާއްމު އުސޫލުން 18 ވަނަ ދުވަހު އޭނާ އެންމެފަހުން ނުކުމެފަ މިވަނީ. އޭގެ ފަހުން އެހެން މުވައްޒަފެއް ޕޮޒިޓީވް ވެފައި ނުވަތަ ބައްޔަަށް ހުށަހެޅިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވޭ" ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލްގެ އެތެރޭގައި ތިބި ހުރިހާ މުވައްޒަފުން ލޮކްޑައުން ކުރެވުނީ ހައެއްކަ ދުވަސް ތެރޭގައި ކަަމަށާއި އެ މުވައްޒަފުން އެކޮމޮޑޭޝަން ހަމަޖައްސާފައިވާނީ އެއް ކްލާސްޓާއަކަށް މީހުން ޕޮޒިޓިވް ނުވާނެ ގޮތަށް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލްގައި ލޮކްޑައުންވެގެން މަސައްކަތްކުރާ 168 މުވައްޒަފުން މިހާރުވެސް އެބަ ތިބިއެވެ.

ރާއްޖެއިން މިހާތަނަށް 468 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން އެކަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.