Last Updated: June 9, 17:53
Tuesday, June 9, 2026
ސިޔާސީ

"ބޯޑިން ފާސް" ވިއްކުން އިންތިހާބު ނިމެންދެން

ބޯޑީން ފާހާ އެކު އެމްޑީޕީގެ އަންހެން އެކްޓިވިސްޓުންތަކެއް. ފޮޓޯ/ އެމްޑީޕީ

އައްޑޫ އެމްޑީޕީގެ ކެމްޕޭން ޓީމުން ރާވައިގެން ކުރިޔަށް ގެންދާ "ބޯޑިން ޕާސް އެއްބުރުން" ފަންޑު ރެއިޒިން ހަރަކާތް މިހާރު ވެސް ކުރިޔަށް ދާ ކަމަށާއި ރިޔާސީ އިންތިޚާބު ކެމްޕޭން ނިމެންދެން މި ހަރަކާތް ކުރިޔަށް ގެންދާ ގޮތަށް ހަނމަޖެހިފައިވާ ކަމަށް ފަންޑު ކޮމިޓީގެ ޗެއަ އިބްރާޙިމް ޙަމީދު ވިދާޅުވެއްޖެ އެވެ.

މީގެ އިތުރުން މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ "1 ލައްކަ ރުފިޔާގެ 3 ބޯޑިން ފާސް" ވިއްކުން ވެސް ވަރަށް ކާމިޔާބު ކަމަށް ވިދާޅުވެ، މިފަދަ ބޯޑިން ޕާހެއް ބޭނުންވާ ފަރާތެއްގެ ޝައުގުވެރިކަން ފާޅު ކުރުމުން 100،000ރ. ގެ ބޯޑިން ޕާސް ދޫކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށް ވެސް ޙަމިީދު ވިދާޅުވި އެވެ.

"ބޯޑީން ޕާސް އެއްބުރުން" ހޯދާ ފަރާތްތަކަށް އައްޑޫ ސިޓިގެ "އެއްބުރުން" ކެމްޕޭންގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.

އައްޑޫ ސިޓީގެ ކެމްޕޭނަށް ފަންޑު ހޯދުމަށްޓަކައި ވިއްކާ ބޯޑިން ފާހުގައި ނަމްބަރު ޖަހާފައި ހުންނާނެ ކަމަށާއި، ބޯޑިން ފާހުންނާއި އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާ/ތަކެތީގެ ކަންކަން ޒިންމާދާރު ފަންޑު ކޮމިޓީއެއްގެ ބެލުމުގެ ދަށުން ހިނގަމުންދާތީ ފަންޑުގެ ކަންކަން އޮޑިޓްގެ ހަމަތަކުގެ މަތިން ބެލެހެއްޓެމުން ދާ ކަމަށް ވެސް ޙަމީދު ވިދާޅުވި އެވެ.