Last Updated: June 7, 11:01
Sunday, June 7, 2026
ޚަބަރު

ކޮވިޑް އާއި ދެކޮޅަށް ކުރާ މަސައްކަތަށް ވެލާއިން އެހީވަނީ

ރާއްޖޭގައި ހިންގާ އެންމެ މަތީ ފަންތީގެ ރިސޯޓެއް ކަމަށްވާ، ވެލާ ޕްރައިވެޓް އައިލެންޑު ރިސޯޓުގެ ފަރާތުން ރާއްޖެއަށް ސިއްޙީ ބައެއް ސާމާނު ހަދިޔާކުރުމަށް ނިންމައިފިއެވެ.

އެ ރިސޯޓުގެ އޯނަރުން ކަމަށްވާ ޗެކް ރިޕަޕްލިކަށް ނިސްބަތްވާ ޖިރީ ސްމެކް އާއި ޑެނިއަލް ކްރެޓިންސްކީގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވަނީ 10،000 ޓެސްޓު ކިޓާއި، 5 ވެންޓިލޭޓަރާއި، 10،000 ފޭސް މާސްކާއި 200 ރެސްޕިރޭޓަރާއި 500 ޕީޕީޓީ ކިޓެވެ.

މީގެ ތެރެއިން 10،000 ޓެސްޓު ކިޓު މިއަދު ރާއްޖެއަށް ގެންނާނެއެވެ. މިތަކެތި ހިފައިގެން އަންނަނީ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުގެ އޯނަރުންނެވެ.

އެރިސޯޓުގެ އޯނަރުން މިއަދު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ ޕްރައިވެޓު ޖެޓެއްގައެވެ. މިކަމަށް ބޭނުންވާ ހުއްދަތައް މިހާރު ނަގާފައިވާ ކަމަށް އެރިސޯޓުން ހާމަކުރެއެވެ.