Last Updated: June 7, 11:01
Sunday, June 7, 2026
ޚަބަރު

މަގުމައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފުލުހުން އެހީ

މަގުމައްޗަށް ވެއްޓިފައި އޮތް އަންހެނަކު ފުލުހުންގެ އެހީތެރިކަމާއި އެކުގައި ހޮސްޕިޓަލަށް ގެންގޮސްދީފިއެވެ.

އެމީހާ އަކީ 18 އަހަރުގެ އަންހެނެއް ކަމަށާއި އެ މީހާ ވެއްޓިފައި އޮއްވާ ފެނުނީ ރޭ 3:30 އެހާކަށްހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އެމީހާ ވެއްޓިފައި އޮތް ސަރަހައްދަށް ގޮސް ފުލުހުންގެ ވެހިކަލް އަކަށް އަރުވައިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެންދެވުނުއިރު 4:08 ހާއިރު ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. ނަމަވެސް 4:31 ހާއިރު އެމީހާ ހޭ އަރާފައިވާ ކަމަށާއި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.