މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމްގެ ތެރޭގައި ހިމެނޭ ޕްރިޔަންކާ ޗޯޕްޅާ އާއި ރާމް ޗަަރަން ތޭޖާ ލީޑް ރޯލް ކުޅޭ "ޒަންޖީރު" ގެ ޓްރެއިލާ ލޯންޗްކޮށްފި އެވެ.
މިއީ 1973 ވަނަ އަހަރު އަމީތާބް ބައްޗަން އާއި ޖާޔާ ބައްޗަން ލީޑް ރޯލް ކުޅުނު "ޒަންޖީރު" ގެ ރިމެކިންއެކެވެ. އާ ފިލްމްގައި އަމީތާގެ ރޯލް ކުޅެނީ ސައުތު ފިލްމް އިންޑަސްޓްރީން ބޮލީވުޑަށް ތައާރަފްވާ ރާމް އެވެ. ޖާޔާގެ ރޯލުން ޕްރިޔަންކާ ފެނިގެންދާ އިރު، މަރުހޫމް ޕްރާން ކުޅުނު ރޯލުން އާ ފިލްމުގައި ފެނިގެން ދާނީ މިހާރު ޖަލުގައި ދުވަސްތައް ހޭދަ ކުރަމުން އަންނަ ސަންޖޭ ދަތެވެ.
އަޕޫރްވާ ލާކިއާ ޑައިރެކްޓްކޮށްފައިވާ "ޒަންޖީރު" ގެ ޕްރޮމޯޝަނަލް ވީޑިއޯއެއް ވެސް މިހާރު ރިލީޒްކޮށްފަ އެވެ. "މުމްބާއީ ކެ ހީރޯ" ގެ ނަމުން ނަން ދީފައިވާ އެ ލަވަ ކިޔާފައި ވަނީ މިކާ ސިންގް އެވެ.
"ޒަންޖީރު" ރިލީޒް ކުރާނެ ތާރީހެއް އަދި ރަސްމީކޮށް އިއުލާންކޮށްފައި ނުވާ އިރު، މީގެ ކުރިން އެކި ތާރީހުތައް ކަނޑައެޅި އެވެ.