Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ކޮވިޑު-19 އާއި ގުޅިގެން 665.4 މިލިއަން ހަރަދުކޮށްފި

ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް ދިވެހި ސަރުކާރުން 665.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސުން ބުނެފިއެވެ.

ކޮވިޑް-19ގެ ހަރަދު ތަކާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ނެރުނު ހަފްތާ ރިޕޯޓުގައި ބުނެފައިވަނީ މިހާތަނަށް ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ވަނީ 665.4 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެގޮތުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އަށެވެ. އެންޑީއެމްއޭއަށް 387.3 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ހޭދަކޮށްފައެވެ.

މީގެ އިތުރުން ހެލްތު މިނިސްޓްރީއަށް 135.7 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ހަރަދު ކުރެވިފައިވާ ގޮތް:

1- އެންޑީއެމްއޭ- 387.3 މިލިއަން

2- މިނިސްޓްރީ އޮފް ހެލްތު- 137.5 މިލިއަން

3- އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް- 0.1 މިލިއަން

4- އިމިގްރޭޝަން – 0.1 މިލިއަން

5- ނޭޝަނަލް ޑިފެންސް ފޯސް- 5 މިލިއަން

6- މޯލްޑިވްސް ޕޮލިސް ސާވިސް- ނެތް

7- ފޮރިން މިނިސްޓްރީ- 3.4 މިލިއަން

8- މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑު ސޯޝަލް ސާވިސް- ނެތް

9- މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑު އިންފްރާސްޓަރަކްޗަރ- 27.9 މިލިއަން

10- ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ- 2.9 މިލިއަން

11- ޑިޒާސްޓަރ މެނޭޖްމަންޓު ފަންޑު- 84.1 މިލިއަން

12- ޓޫރިޒަމް ފަންޑު- 15.9 މިލިއަން

13- ޒަކާތު ފަންޑު- 3 މިލިއަން

ފިނޭންސް މިނިސްޓްރީން ބުނީ ސަރުކާރުން ހޭދަކުރި 665.4 މިލިއަން ރުފިޔާގެ ތެރެއިން 353.9 މިލިއަން ހޭދަކޮށްފައިވަނީ ސިއްހީ ހިދްމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި 20.7 މިލިއަން ހޭދަކޮށްފައިވަނީ ހިދްމަތް ދިނުމަށް ބޭނުންވާ ސާމާން ހޯދުމަށް ކަމަށެވެ.

110 މިލިއަން ރުފިޔާ ސަބްސިޑީ އާއި އެހީދިނުމަށް ހޭދަކޮށްފައިވާ އިރު ކެޕިޓަލް އިކުއިޕްމެންޓަރ 94.2 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

މީގެ އިތުރުން މަރާމާތަށް 6 މިލިއަން ރުފުޔާ ހަރަދުކޮށްފައިވާ އިރު ބިމާއި އިމާރާތްތަކަށް 45.3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ހިންގުމުގެ ހަރަދަށް 32.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު ދަތުރުފަތުރަށް ވަނީ 2.4 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.