Last Updated: June 30, 21:19
Tuesday, June 30, 2026
ޚަބަރު

"12.7 މިލިއަން ރުފިޔާގެ ގާ ބޭނުމެއް ނުކުރޭ"

ހުޅުމީދޫ ބޮޑު މަގުގައި 2011 ވަނަ އަހަރު ގާއެތުތުން އިފުތިތާހު ކުރަނީ. ފޮޓޯ/ އިބްރާހިމް ޒުހުރީ

ސަތާރަ ވަނަ ސާކް ސަމިޓަށް ފުވައްމުލަކާއި ހުޅުމީދޫގެ ބައެއް މަގުތައް ގައު އަތުރައިގެން ހެދުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ސަދަން ޔޫޓިލިޓީ އަށް ދިން 28.7 މިލިއަން ރުފިޔާއަށް ގެނައި އިންޓަލޮކިން ގަލުގެ ތެރެއިން 12.7 މިލިއަން ރުފިޔާގެ ގައު ސަމިޓް ނިމުނު އިރުވެސް ބޭނުން ނުކުރާ ކަމަށް އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާާހީމް ވިދާޅުވެއްޖެ އެވެ.

ހުޅުމީދު އާއި ފުވައްމުލަކުގެ މަގުތައް ހެދުމަށް ދެ ޕޭމަންޓަކަށް ބަހާލައިގެން 28،725،000.00 (އަށާވީސް މިލިއަން ހަތްލައްކަ ފަންސަވީސް ހާސް) ރުފިޔާ ސަދަން ޔޫޓިލިޓީއަށް ދޫކޮށްފައި ވަނީ 1.5 މިލއަން އިންޓަލޮކިން ގައު ގަތުމަށެވެ. އެއީ ގަލެއް 19.15 ރުފިޔާގެ ރޭޓުން ރާއްޖެއިން ބޭރުން ގެނައުމަށެވެ.

އޮޑިޓާރ ޖެނެރަލް ވިދާޅުވީ މި ފައިސާ ސަދަން ޔޫޓިލިޓީ އަށް ދޫކޮށްފައިވަނީ މާލިއްޔަތު ގަވާއިދުގެ ބާބު 15 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވަ ގޮތާއި ހިލާފަށް ވާދަވެރި ބީލަމަކަށް ހުށަހަޅައިގެން ނޫން ކަމަށެވެ.

ހުޅުމީދޫ އާއި ފުވައްމުލަކުގެ މަގު ހެދުމަށް ގެނައި 1.5 މިލިއަން ގަލުގެ ތެރެއިން ސަމިޓް ނިމުނު އިރު 665،600 ގައު ބޭނުން ނުކޮށް ހުޅުމީދޫ އާއި ފުވައްމުލަކުގެ އެކި ތަންތާގައި ބަހައްޓާފައިވާ ކަމަށް ރިޕޯޓްގައި ވެއެވެ.

އެހެން ކަމުން ދައުލަތުން ހަރަދު ކުރި 28 މިލިއަންގެ ތެރެއިން 12،746،240.00 (ބާރަ މިލިއަން ހަތްލައްކަ ސާޅީސް ހަ ހާސް ދުއިސައްތަ ސާޅިސް) ރުފިޔާއަކީ ކޮންމެ ހެން ސާކް ސަމިޓަށް ކުރި ހަރަދުކަމަށް ބެލެވެން ނެތްކަމަށް ރިޕޯޓްގައިވެ އެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން ސަދަން ޔޫޓިލިޓީން ގަލެއް ގެނެސްފައިވަނީ 19.15 ރުފިޔާއަށް ވީ އިރު ހުޅުމީދޫއަށް ގަލެއް ގެންގޮސްފައިވަނީ 14 ރުފިޔާއަށް ކަމަށް ސަމިޓް ދުވަސްވަރު ވެސް ރަށު ތެރޭގައި ވަނީ އަޑު ފެތުރިފަ އެވެ.

ހުޅުމީދޫއަށް ގައު ގެންގޮސްފައި ވަނީ އެސްޔޫއެލްގެ ޗެއާމަން އަހުމަދު ޒަރީރުގެ ބެލުމުގެ ދަށުން ޒަރީރު ހަމަޖެއްސި ބަޔެކެވެ. އަދި މިކަމަކީ ކަރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަމެއް ކަމަށް އޭރުވެސް ވާހަކަ ދެކެވުނެވެ.

ސާކް ސަމިޓް ދުވަސްވަރު އެސްޔޫއެލް އިން ބޮޑެތި ފައިސާގެ މަކަރު ހަދާފައިވާކަމަށް ތުހުމަތު ކުރެވޭ އިރު އޮޑިޓް ރިޕޯޓްގައި ފާހަނގަކޮށްފައިވާ 18 މައްސަލައެއް ބައްލަވާނެ ކަމަށް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)ން ވަނީ ބުނެފަ އެވެ. އަދި ސަދަން ޔޫޓިލިޓީގެ އޮޑިޓެއް ކުރަމުން އަންނަ ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ.