މި އަހަރުގެ ފިޠުރު އީދު ނަމާދު ސ. ހިތަދޫގެ މައިދާނެއްގައި ބޭއްވޭތޯ މަސަައްކަތް ކުރަމުން އަންނަ ކަމަށް ނޫރުލް އިސްލާމް އިން ބުނެފި އެވެ.
ނޫރުލް އިސްލާމްގެ ރައީސް އައްޝައިހް މުހައްމަދު އަނީލް ވިދާޅުވީ ފިޠުރު އީދު ނަމާދު ހިތަދޫގެ ބޮޑު މައިދާނެއްގައި ބޭއްވޭތޯ ޖަމިއްޔާއިން މަަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަނީލް ވިދާޅުވީ އެގޮތުން އީދު ނަމާދު ކުރުމަށް ހިތަދޫ ސްޓޭޑިއަމް ހޯދުމަށް މަަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިކަމާއި ގުޅޭ ގޮތުން އައްޑޫގެ މޭޔަރާއި އިއްޔެ ފޯނުން މަޝްވަރާކޮށް މިއަދު ރަސްމީކޮށް ބައްދަލުކުރާނެ ކަމަށް އަނީލް ވިދާޅުވި އެވެ.
އަނީލް ވިދާޅުވީ ކައުންސިލާއި އެކު މަޝްވަރާ ކުރާނީ ސްޓޭޑިއަމްގައި އީދު ނަމާދު ކުރާނަަމަ ހިތަދޫގެ ތިން އަވަށުގެ ކޮންމެ ވެސް ތިން މިސްކިތެއްގައި އީދު ނުކުރާ ގޮތަށް ހަމަޖެއްސުމަށެވެ.
އަދި ވިއްސާރަވެ އީދު ދުވަހު ހެނދުނު އީދު ނަމަދު ސްޓޭޑިއަމްގައި ނުބޭވޭ ހާލަތެއް ދިމާވެއްޖެނަމަ އާއްމު އުސޫލުން ހުކުރު ކުރާ މިސްކިތްތަކުގައި އިދު ނަމާދު ކުރުމަށެވެ.
ފާއިތުވި 3 އަހަރުގެ ރޯދަ މަހުވެސް ކައުންސިލާއި ގުޅިގެން ރަމަޟާން މަސް އިހްޔާކުރުމުުގެ ހަރަކާތް ރާވައި ހިންގުމުގައި އިސްކޮށް ހުންނެވި ޝައިހް އަނީލް ވިދާޅުވީ މިކަމަށްވެސް ކައުންސިލުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
އައްޑޫގައި އަދި މިހާތަނަށް މައިދާނެއްގައި އީދު ނަމާދުކޮށްފައި ވަނީ މަރަދޫގައި ކަމަށްވެ އެވެ. އަދި މިއީ ހިތަދޫގައި މިގޮތަށް މައިދާނެއް ގައ ި އީދު ނަމާދި ކުރުމަށް ތައްޔާރުވާ ފުރަތަމަ ފަހަރެވެ.
މާލެގައި މިދިޔަ އަހަރު އީދު ނަމާދު ބާއްވާފައިވަނީ މާފަންނު ސްޓެޑިއަމްގައެވެ. އަދި އީދު ނަމާދަށް އެތައް ހާސް ބަޔަކު ވަނީ ސްޓޭޑިއަމްއަށް ޖަމާވެފަ އެވެ.