Last Updated: April 26, 17:23
Friday, April 26, 2024
ޚަބަރު

ވިވެކްގެ އެހީ، ދުވަހު މުސާރައަށް މަސައްކަތްކުރާ 5000 މީހުންނަށް!

ލޮކްޑައުންގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެފައި ތިބި، ދުވަހު މުސާރައަށް މަސައްކަތްކުރާ 5000 މީހުންނަށް ބޮލީވުޑްގެ ތަރި ވިވެކް އޮބެރޯއީ ފައިސާގެ އެހީ ދީފިއެވެ.

ވިވެކް އަދި ރޯހިތް ގަޖްބިޔޭ ގުޅިގެން ވަނީ އިންޑިއާގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ފަރާތްތައް ކަމަށްވާ ޓެކްސީ ޑްރައިވަރުން، ގޭގެ މަސައްކަތް ކުރާ ފަރާތްތައް ފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މިފަދަ ފަރާތްތަކަކީ ލޮކްޑައުންގެ ސަބަބުން އެންމެ ބޮޑަށް ހާލުގައި ޖެހިފައިވާ ފަރާތްތަކެވެ.

ވިވެކް ބުނެފައިވާ ގޮތުގައި އެހެން ގައުމުތަކުން އިންޑިއާއަށް ވަޒީފާއަދާ ކުރުމަށް ގޮސްފައިވާ ފަރާތްތައް ވަނީ ވަރަށް ބޮޑަށް އެހީތެރިކަމަށް ބޭނުންވެފައެވެ. އެ ފަރާތްތައް ދަނީ ގޭގެ ކުލި ދެއްކުމަށާއި، ކާބޯތަކެތި ގަންނަން އަދި އަނބިދަރިން ބެލެހެއްޓުމަށް ޙަރަދު ކުރުމަށް ފައިސާ ނެތުމާއި ކުރިމަތިލަމުންނެވެ. ވިވެކް ވަނީ 5000 އަށްވުރެ ގިނަ އާއިލާތަކަށް އެހީތެރިވެފައިވާ ކަމަށް އޭނާގެ ސްޓޭޓްމަންޓެއްގައި ބުނެފައެވެ.

މި އެކްޓަރު އަދި އެކުގައި މަސައްކަތްކުރާ ފަރާތްތައް އިސްނަގައިގެން އުފައްދާފައިވާ "ސަޕޯޓް އެއިޑް އެންޑް އެސިސްޓް ދަ ހެލްޕްލެސް"ގެ ދަށުން ދަނީ ސީދާ މަސައްކަތް ކުރާ ފަރާތްތަކުގެ އެކައުންޓަށް ފައިސާ ޖަމާކުރަމުންނެވެ.

ބޮލީވުޑްގައި މަސައްކަތްކުރާ ބައެއް ތަރިންވަނީ މީގެ ކުރިން ވެސް މިފަދަ އެހީތައް ދީފައެވެ. އޭގެ ތެރެއިން އާމިރު ޚާން ފާހަގަ ކޮށްލެވެއެވެ. އާމިރު ޚާން ވަނީ އެހީތެރިކަމަށް ބޭނުންވެފައިވާ ގިނަ ބަޔަކަށް ފުށް ޕެކެޓް ބަހާފައެވެ. އެ ފަރާތްތަކުން އެ ކަނޑާފަ ބެލިއިރު ފުށް ޕެކެޓް ތެރެއަށް ފައިސާ އަޅާފައިވާ ކަމަށް ޚަބަރުތައް ބުނެފައިވެއެވެ.