"ޖިސްމް 2" އިން ބޮލީވުޑަށް ތައާރަފްވި އެޑަލްްޓް ސްޓާ ސަނީ ލިއޯން ދެވާންގެ ދޮލަކިއާގެ "ޓީނާ އެންޑް ލޯލޯ" އަށް ތައްޔާރުވާން ފަށައިފި އެވެ.
މި ފިލްމަކީ އެކްޝަން ފިލްމަކަށްވާތީ ސަނީ ފެނިގެން ދާނީ ވަރަށް ތަފާތު ގޮތަކަށް ކަމަށްވެ އެވެ. އެގޮތުން ފިލްމުގައި އޭނާ އަދާ ކުރާ ކެރެކްޓާ އަށް ތައްޔާރުވުމުގެ ގޮތުން ސަނީ އަންނަނީ މިހާރު ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.
"ޓީނާ އެންޑް ލޯލޯ" ގެ މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ ސަނީ މިހާރު މަސައްކަތް ކުރަމުން އަންނަ ދެ ފިލްމްގެ މަސައްކަތް ނިމުންނެވެ.
އެއީ އެކްތާ ކަޕޫރު ޕްރޮޑިއުސް ކުރާ "ރާގިނީ އެމްއެމްްއެސް 2" އާއި "ޖެކްޕޮޓް" އެވެ.
ޕޫޖާ ބަޓްގެ "ޖިސްމް 2" އިން މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފްވުމަށް ފަހު، ސަނީ ވަނީ "ޝޫޓްއައުޓް އެންޑް ވަޑާލާ" ގެ އައިޓަމް ލަވައެއް ވެސް ކުޅެފަ އެވެ.