Last Updated: July 2, 23:14
Thursday, July 3, 2025
ދުނިޔެ

ބަންގްލަދޭޝްގެ މިސްކިތްތައް ހުޅުވައިފި

ކޮރޯނާވައިރަހުގެ ސަބަބުން ބަންދުކުރި މިސްކިތްތައް ޖަމާޢަތުގައި ނަމާދުކުރެވޭ ގޮތަށް ބަނގުލާދޭޝް ސަރުކާރުން ހުޅުވައިފިއެވެ.

ސަރުކާރުން ހަދާފައިވާ ގަވައިދުގެ ދަށުން މިސްކިތަށް ނަމާދަށް ދާ މީސްމީހުން އަތްދޮންނަންޖެހޭނެއެވެ. އަދި މާސްކު އަޅައި އިޖުތިމާޢީ ގައިދުރުކަން ބަހައްޓަން ޖެހޭނެއެވެ. މިސްކިތްތަކުން ޖަރާސީމު މަރަން ސްޕްރޭ ކުރަމުންދާނެއެވެ.

މާޗު މަހުގެ 26 ވަނަ ދުވަހު ބަނގުލާދޭޝް ފުރަބަންދަކަށް ދިއުމަށްފަހު، ރައްޔިތުންނަށް ފަސޭހަކޮށް ދިނުމުގެ ގޮތުން މިހާރުދަނީ ބަންދަށް ލުއިދެމުންނެވެ. ކާރުޚާނާތަކާއި ފިހާރަތަކާއި ވިޔަފާރިއާ ގުޅޭކަންތައްތަކަށް މަގުފަހިވާނޭހެން ރައްކާތެރިކަމާއެކު ތަންތަން ހުޅުވުމުގެ ފުރުސަތު ދެމުންނެވެ.

ސާކުގެ އާބާދީ ބޮޑު ގައުމަކަށް ބަލާއިރު ބަނގްލާދޭޝްގައި ކަންބޮޑުވާންޖެހޭ މިންވަރަކަށް ކޮރޯނާ ވައިރަސް ފެތުރިގެން ނުދެއެވެ. ވައިރަސް ޖެހުނީ 12425 މީހުންނަށެވެ. މަރުވީ 186 މީހުންނެވެ.

ފުރަބަންދަށް ބަނގުލާޝްދޭއިން ލުއިދެމުންދަނީ ކޮރޯނާވައިރސް ފެތުރުން މިހާރު ކޮންޓްރޯލް ކުރެވިފައިވާ މިންވަރަށް ބަލައި ގައުމުގެ އިގުތިސާދީ މަސައްކަތްތަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.