Last Updated: June 30, 21:19
Tuesday, June 30, 2026
ޚަބަރު

ކައުންސިލަށް ލޯ ފާމެއް ހޯދަނީ

އައްޑޫ ކައުންސިލަރުން މީޓިންއެއްގައި. ފޮޓޯ/ ކައުންސިލް

އައްޑޫ ސިޓީ ކައުންސިލަށް 1 އަހަރު ދުވަހަށް ކޮންޓްރެކްޓް އުސޫލުން ޤާނޫނީ ލަފާ ދިނުމާއި، ޤާނޫނީ ލިޔުންތައް ޑްރާފްޓް ކުރުމާއި، ކައުންސިލްގެ ފަރާތުން ވަކާލާތު ކޮށްދޭނެ ލޯފާމެއް ހޯދަން ބޭނުންވެގެން އިއްލާން ކޮށްފިއެވެ.

ކައުންސިލުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތަތްކުން އޮގަސްޓް 18 ވަަނ ދުވަހުގެ 2:00 ޖެހުމުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށެވެ. އަދި މިކަމާއި ގުޅޭ މައުލޫމާތު ދިނުމަށް އިތުރު ސެޝަނެއް ނުބާއްވާނެ ކަމަށް ކައުންސިލްގެ އިއްލާނުގައި ވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މިކަމަށް ކުރިމަތިލެވޭނީ ރާއްޖޭގައި ރަޖިސްތްރީ ކުރެވިގެން ހިންގާ ލޯފާމަކަށް އެކަނިކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލާއި ގުޅޭ ގިނަ މައްސަލަތަކެއް ކޯޓުގައި ހިގަމުން އެބަދެއެވެ. ނަމަވެސް ކައުންސިލް ތަމްސީލުކުރުމަށް ގާބިލް މީހުން ނެތުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ވަނީ ކައުންސިލާއި ދެކޮޅަށް ނިމިފައެވެ.

އެ ގޮތުން އެންމެ ފާހަގަކޮށްލެވެނީ ކައުންސިލުން އުފެއްދި އަވަށު ބޯޑުގެ ރައީސުންނަކީ ގާނޫނާއި ހިލާފަށް އައްޔަން ކުރި މީހުން ކަމަށް ކަނޑައެޅި މައްސަލަ އެވެ.
އަދި ބިމާ ބެހޭ ގިނަ މައްސަލަތަކަށް ކައުންސިލުން ޖަވާބު ދާރީ ނުވެވި ދިގުލައިގެން ގޮސް މޭޔަރ ކޯޓަށް ހާޒިރު ކުރުމަށް ޗިޓް ފޮނުވާފައި އެ ބަ ވެ އެވެ.