Last Updated: May 2, 17:44
Thursday, May 2, 2024
ދުނިޔެ

ޑެންމާކުގެ ޝޮޕިން ސެންޓަރތައް ހުޅުވަނީ

ކޮރޯނާވައިރަހާ ގުޅިގެން ބަންދުކުރި ޑެންމާކުގެ ޝޮޕިން ސެންޓަރތައް މިމަހު 11 ވަނަ ދުވަހު ހުޅުވުމުގެ ހުއްދާދޭން ސަރުކާރުން ނިންމައިފިއެވެ.

ރެސްޓޯރެންޓުތަކާއި އަޅުކަންކުރާ ތަންތަން ވެސް ހަފުތާއެއްހާ ދުވަސް ފަހުން ހުޅުވަން ވަނީ ކަނޑައަޅާފައެވެ.
ޑެންމާކު ފުރަބަންދަށް ދިޔައީ މާޗުމަހުގެ ތެރޭގައެވެ. އެކަމަކު ވިދިގެންއައި އޭޕްރީލްމަހުގެ 15ގައި ކުދި ފިހާރަތަކާއި ސްކޫލްތައް ހުޅުވައިފިއެވެ.

ކުރިއަށްއޮތް ޖޫންމަސް ފެށުމާއެކު ގައުމު ހުޅުވާލެވޭނެކަމަށް ކަމާބެހޭ ފަރާތްތަކުން އުއްމީދު ކުރެއެވެ. އަދި ޖޫންމަހުގެ 15އިން ފެށިގެން ސަގާފީކަންތައްތަކާއި ކުޅިވަރު ކުޅުމުގެ ހުއްދަލިބޭނެއެވެ. މިދިޔަ އޭޕްރީލްމަހުގެ 20 ވަނަ ދުވަހުން ފެށިގެން ކުޑަކުދީންގެ ސްކޫލްތަކުގައި ކިޔަވައި ދިނުންވަނީ ފަށާފައެވެ.

އޭޕްރީލް މަހުގެ މެދުތެރެއިން ފެށިގެން ޑެންމާކުގައި ވަނީ ކޮރޯނާރައިރަސް ކޮންޓްރޯލް ކުރެވިފައެވެ. އެގައުމުގައި ކޮރޯނާވައިރަސް ޖެހުނީ 10083 މީހުންނަށެވެ. މަރުވީ 541 މީހުންނެވެ. ވައިރަސް ޖެހުނު މީހުނންގެތެރެއިން 7711 މީހުން ވަނީ މުޅިން ރަނގަޅުވެފައެވެ.

ފުރަބަންދަށް ދިއުމަށްފަހު ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ކުޑަކުދީންގެ ސްކޫލްތަކުގައި އެންމެފުރަތަމަ ކިޔަވައިދޭންފެށީ ޑެންމާކުގައެވެ. ސްކޫލްތަކުގައި ކިޔަވައިދޭއިރު ދަރިވަރުން ގިނަގިނައިން އަތްދޮވެ އިޖުތިމާއީ ގައިދުރުކަން ބަހައްޓައެވެ. އެކަމަކު ދަރިވަރުން މާސްކެއް ނާޅައެވެ.