Last Updated: July 2, 23:14
Thursday, July 3, 2025
ދުނިޔެ

ކުވެއިތު 20 ދުވަހަށް ލޮކްޑައުންކޮށްފި

ބައެއް ގައުމުތައް ފުރަބަންދަށް ލުއިދީ އަނެއްބައިގައުމުތަކުން ފުރަބަންދުން މުޅި ގައުމު ސަލާމަތްކުރަމުންދަނީއެވެ.
ނަމަވެސް އަރަބި ގައުމެއްކަމުގައިވާ ކުވޭތުގައި މިއަދުން ފެށިގެން މުޅިގައުމު ފުރަބަންދު ކުރެވޭނެއެވެ.

ކުވޭތު ސަރުކާރުން ބުނިގޮތުގައި ފުރަބަންދު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދިގުދެމިގެންދާނެއެވެ.

ހޮނިހިރު ދުވަހުގެ ހަވީރުގެ ރިޕޯޓުތަކަށް ބަލާއިރު ކޮރޯނާ ވައިރަސް ޖެހިގެން ކުވޭތުން މަރުވޫ އެންމެ 47 މީހުންނެވެ. ވައިރަސްޖެހިފައި ތިބި 7208 މީހުން ގައުމުގެ އެކި ކަންކޮޅުތަކުގައި އެބަ އުޅެއެވެ.

މުޅިދުނިޔޭގައި ކޮރޯނާވައިރަސްޖެހިފައި ތިބި 4040289 މީހުން ތިބިއިރު ވައިރަސް ބަލީގައި 78794 މީހުން ވަނީ ވަނީ މަރުވެފައެވެ.