Last Updated: April 24, 19:12
Wednesday, April 24, 2024
ޚަބަރު

އުރްވަޝީ ކޮވިޑް-19 ރިލީފް ފަންޑަށް 5 ކްރޯޑް ރުޕީސް ހަދިޔާ ކޮށްފި

ބޮލީވުޑްގެ އެކްޓްރެސް އުރްވަޝީ ރައުޓެލާ ކޮވިޑް-19 އިން ސަލާމަތްވުމަށްޓަކާ ކުރެވޭ މަސައްކަތަށް ފައިސާ ހޯދާ ރިލީފް ފަންޑަށް 5 ކްރޯޑް ރުޕީސް ހަދިޔާ ކޮށްފިއެވެ.

މި ފައިސާ ހަދިޔާ ކުރުމަށްފަހު އުރްވަޝީވަނީ ކިތައްމެ މަދު އެހީތެރިކަމަކީ ވެސް ކުޑައެއްޗެއް ނޫން ކަމަށާއި މި ދަނޑިވަޅުގައި އެންމެން އެކުވެގެން މިކަމުން އަރައިގަންނަން މަސައްކަތް ކުރަންޖެހޭ ކަމަށް ބުނެފައެވެ.

ދާދި ފަހުން އުރްވަޝީވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް އޮންލައިން ޑާންސް ކްލާސް ބާއްވަން އިއުލާން ކޮށްފައެވެ. އެގޮތުން ޑާންސް ކުރުމަށާއި ބަރުދަން ލުއިކުރުމަށް ޑާންސް ކުރުމަށް ގިނަ ބަޔަކު ވަނީ އޭނާއާއި ބައިވެރިވެފައެވެ. އެ ޑާންސް ކްލާސް ތަކުގައި ޓިކްޓޮކްގައި 18 މިލިއަން މީހުންވަނީ އޭނާއާއި ކަނެކްޓް ކޮށްފައެވެ. އުރްވަޝީ ކޮވިޑް ރިލީފް ފަންޑަށް ހަދިޔާ ކޮށްފައިވަނީ އެ ކްލާސްތަކުން ލިބުނު 5 ކްރޯޑް ރުޕީސްއެެވެ.

ބައިނަލްއަޤްވާމީ ގިނަ ޖަމާއަތްތަކުން ބޭނުންޖެހިފައިވާ ގިނަ ދާއިރާތަކާއި ފަރާތްތަކަށް އެކި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް އުރްވަޝީ ބުންޏެވެ. މީގެ ތެރޭގައި ޔުނިސެފް، ސްވަދީޝް ފައުންޑޭޝަން ފަދަ ނަންތައް އޭނާ ވަނީ ހާމަކޮށްފައެވެ.