ގިނަ ބަޔަކު މި އަހަރު އެންމެ އިންތިޒާރު ކުރަމުން އަންނަ ފިލްމްގެ ތެރޭގައި ހިމެނޭ ރިތިކް ރޯޝަންގެ ސްޕަ ހީރޯ ފިލްމް "ކްރިޝް 3" ގެ ޓްރެއިލާ މިއަދު ލޯންޗްކޮށް، ފިލްމް ނޮވެމްބަރު 3 ގައި ޕްރީމިއާ ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ޕްރޮޑިއުސްކޮށް، ޑައިރެކްޓްކޮށްފައިވާ މި ފިލްމްގައި ރިތިކް އާ އެކު ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ "ކްރިޝް" ގައި ވެސް ބަތަލާގެ ރޯލް ކުޅުނު ޕްރިޔަންކާ ޗޯޕްޅާ އެވެ.
މީގެ އިތުރުން މި ފިލްމްގެ ވިލަންގެ ރޯލްތަކުން ވިވެކް އޮބެރޯއީ އާއި ކަންގަނާ ރަނާވަތު ވެސް ފެނިގެން ދާނެ އެވެ.
"ކްރިޝް 3" އަކީ "ޒިންދަގީ ނާ މިލޭގީ ދޮބާރާ" އަށް ފަހު ރިލީޒްވާ ރިތިކްގެ ފުރަތަމަ ފިލްމެވެ. މި ފިލްމްގެ މިއުޒިކް ތައްޔާރުކޮސް ދީފައި ވަނީ ރިތިކްގެ ބޮޑު ބޭބެ ރާޖޭޝް ރޯޝަން އެވެ.