Last Updated: April 16, 11:45
Tuesday, April 16, 2024
ޚަބަރު

ބީއެމްއެލް ކޮވިޑް ސްކީމުން 100 މިލިއަން ރުފިޔާ ދޫކޮށްފި

ކޮވިޑް-19 އާއި ގުޅިގެން މާލީ ދަތިތައް ކުރިމަތިވި ފަރާތްތަކަށް ހާއްސަކޮށް ބޭންކު އޮފް މޯލްޑިވްސް (ބީއެެމްއެލް) ތައާރަފުކުރި "ކޮވިޑް ރިކަވަރީ ސްކީމް" މިހާތަނަށް 100 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ބޭންކުން ބުނެފިއެވެ.

ބޭންކުން ބުނީ ރިކަވަރީ ސްކީމުން މިހާތަނަށް 73 ފަރާތަކަށް 100 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ލިބެމުންދާ މާލީ ގެއްލުން ކުޑަކުރުމަށް ބޭންކުން ދޫކުރާ މިލޯނު ދެނީ ރިސޯޓު ތަކުގެ އިތުރުން އަހަރެއްގެ މައްޗަށް ޓާންއޯވާގެ ގޮތުގައި 10 މިލިއަނަށް ވުރެ މަތީ އަދަދެއް ހޯދައިފައިވާ ވިޔަފާރިތަކަށެވެ.

މިއީ އެއްވެސް ރަހުނަކާ ނުލައި، އަހަރަކު ހަ ޕަސެންޓު އިންޓްރެސްޓްގައި ދޫކުރާ ލޯނެކެވެ. މި ލޯނު އަނބުރާ ދެއްކުމަށް ހަ މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނިގެން ޖުމްލަ ތިން އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. މި ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކާކަށް ނުޖެހޭނެ އެވެ.

ބޭންކުގެ އިތުރުން ކޮވިޑް-19ގެ މާލީ ދަތިތަކުން ވަނީ 2.5 ބިލިއަން ރުފިޔާގެ ރިލީފު ޕެކޭޖެއް އެކުލަވާލާފައެވެ.