Last Updated: April 23, 23:56
Tuesday, April 23, 2024
ދުނިޔެ

ޖަރުމަނުގެ ޓުއަރިޒަމް އިންޑަސްޓްރީ ވަރަށް ބަލިކަށިވެއްޖެ

ޖަރުމަނުގެ ފަތުރުވެރިކަމުގެ ސިނާޢަތާ ބެހޭ ޖަމްއިއްޔާގެ ރައީސް މައިކަލް ފްރޭންޒްލް ވިދާޅުވި ގޮތުގައި ފުރަބަންދުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތު ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ.

އޭނާ ވިދާޅުވިގޮތުގައި ފަތުރުވެރިކަމުގެ ސިނާޢަތަށް ސަރުކާރުން އެހީތެރިކަން ނުދީފިނަމަ އެތައް ލައްކަ ބައެއްގެ ވަޒީފާ ގެއްލޭނެއެވެ. ޖަރުމަނުގެ ފަތުރުވެރިކަމުގެ ސިނާޢަތާ 30 ލައްކައަށްވުރެ ގިނަ މީހުން ވަނީ ގުޅި ލާމެހިފައެވެ.

ކޮރޯނާވައިރަހާ ގުޅިގެން ޖަރުމަނުގެ ޓްއަރިޒަމް އިންޑަސްޓްރީއަށް ވަނީ ބިރުވެރިކަމުގެ ކަޅުވިލާތައް ފެތުރިގެންގޮސްފައެވެ. ފަތުރުވެރިންނަކަށް ދަތުރުކުރާކަށް ނުކެރެއެވެ. ދަތުރުވެރިން ތިބީ ބޭރަށް ނިކުމެ އުޅެން ޖެހިލުންވެފައެވެ.

ޖަރުމަނުގައި ދާދިފަހުން ކުރި ދިރާސާއަކުން އެނގުނީ ފަތުރުވެރިން ދަތުރުކުރަން މިހާރުބިރުގަންނަކަމެވެ.

"ޔޫގޯ" ދިރާސާގައި ބައިވެރިވި 48 ޕަސެންޓު މީހުން ގަބޫކޮށްގެން ތިބީ ހޫނު މޫސުމުގައި ޔޫރަޕުގެ ސަރަހައްދު ފަތުރުވެރިކަމަށް ނުހުޅުވާނެކަމަށެވެ.

ބޭރު ގައުމުތަކަށް ދަތުރުފަތުރު ނުކުރުމަށް ސަރުކާރުން ޖަރުމަނު ރައްޔިތުންނަށް އިންޒާރުދީ ނެރުނު އަމުރު ޖޫންމަހުގެ މެދާ ހަމައަށް ދެމިގެންދާނެއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޔޫރަޕްގެ ގައުމަތަކުގެ ސަރަހައްދީ އިންތައް ވެސް ހުޅުވާނީ ޖޫންމަހުގެ މެދުތެރޭގައެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގެ ފަތުރުވެރިން ޖަރުމަނަށް ދަތުރު ކުރާގޮތަށް ޖަރުމަނުގެ އެތައްލައްކަ ބަޔަކު ވެސް އެހެން ގައުމުތަކަށް ދަތުރުކުރެއެވެ.