ހުޅުމީދޫގެ ދެ މަގެެއްގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ގާ އެތުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.
ގާ އަޅައިގެ ހަދާފައިވަނީ ސިއްހީ މަރުކަޒުގެ ކުރިމަތިން އޮންނަ މަގާއި ހުޅުދޫގައި ދިރާގު އޮފީސް ހުންނަ ރަބީއީ މަގެވެ.
ހުޅުމީދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު ވަހީދު މެއި މަހުގެ މަހުގެ 8 ވަނަ ދުވަހު އެމްއާރްޑީސީ އާ ހަވާލު ކުރައްވައި، އެ މަސައްކަތް އިފްތިތާހްކޮށް ދެއްވަމުން ވިދާޅުވީ ހުޅޫމީދޫ މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހެދުމަށް ހަމަޖެހިފައި ވަނީ 12 މަގެއް ކަމަށެވެ.
އެއީ ކޯގަންނު މަގު، ފެންނާ މަގު، ކުންނިއަރު ގޯޅި، ހަވީރީ ހިނގުން، މުތީގޯޅި، ފަގީހު މޫސާ މަގު، ކަޅު ކަމަނާރު މަގު، ރަބީއީ މަގު، ޝެއިޚް އަބްދުލްބާރީ މަގު، ދޮންމަނިކު މަގު އަދި މުހުސީނީ މަގެވެ.
މީގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސާކް ސަމިޓާ ދިމާކޮށް ހުޅުމީދޫގެ ތިން މަގެއްގައި ގާ އަތުރާފައިވެ އެވެ.