Last Updated: April 20, 16:20
Saturday, April 20, 2024
ދުނިޔެ

113 އަހަރުގެ އަންހެނަކު ކޮވިޑުން ރަނގަޅުވެއްޖެ

އުމުރުން 113 އަހަރު ވެފައިވާ ސްޕޭންގެ މުސްކުޅި އަންހެނެއްކަމުގައިވާ މާރިޔާ ބްރަޔަންސް ކޮރޯނާ ވައިރަހުން ސަލާމަތްވެއްޖެއެވެ.

މާރިޔާ މިހާރު ވެފައިވަނީ ކޮރޯނާވައިރަސް ޖެހިގެން އެ ބަލިން ފުރާނަ ސަލާމަތްވި އެންމެ މުސްކުޅި މީހާގެ ގޮތުގައެވެ. އޭނާއަކީ ސްޕެނިޝް ފުލޫ ޖެހިގެންވެސް މަރުން ސަލާމަތްވި ނަސީބުވެރިއެކެވެ.

މީގެ ކުރިން ވެސް ވަނީ އުމުރުން ދުވަސްވީ އެތައްބަޔަކު ކޮރޯނާގެ ޝިކާރައަކަށްވިޔަސް ބަލިން ސަލާމަތްވެފައެވެ.

ތަޖުރިބާކާރު ޑޮކްޓަރުން ގަބޫލުކުރާގޮތުގައި އުމުރުން ދުވަސްވެ މުސްކުޅިވެފައިވާ މީހުންނަށް ކޮރޯނާވައިރަސް ޖެހުމުން ފަރުވާކޮށް ރަނގަޅުކުރުމަކީ ވަރަށް ދަތި އުނދަގޫކަމެކެވެ. ނަމަވެސް މަރިޔާ ވަނީ ބައްޔާ ހަނގުރާމަކޮށް ދުނިޔޭގެ ރެކޯޑެއްހަދާފައެވެ. އެހެންވެ އެތައް ހާސް ބަޔަކު ދަނީ އޭނާއަށް މަރުހަބާކިޔައި ތައުރީފުކުރަމުންނެވެ.

އޭނާ އުފަންވީ 4 މޭ 1904ގައެވެ. އޭނާ އުފަންވީ އެމެރިކާގެ ސެން ފްރެސްސިސްކޯއަށެވެ. އޭނާގެ ބައްޕަ ވަޒީފާއެއް ހޯދަން ސޯޕޭނަށް ހިޖުރަކޮށް އެގައުމުގައި ވަޒަންވެރިވީއެވެ.

މާރިޔާއަށް ލިބުނީ ތިން ދަރިންނެވެ. އޭނާގެ 11 މާމަދަރިންނާއި 11 މުނިމާމަދަރިންތިބެއެވެ.

އޭނާ މިހާރު ދިރިއުޅެމުންދަނީ ސްޕޭންގެ އަތްދަށުން މިނިވަންވުމަށް މަސައްކަތްކުރަމުންދާ ކެޓަލޯނިއަން ސިޓީގެ
އޯލޯޓުގެ މުސްކުޅިންނަށް ފަރުވާދޭ ތަނެއްގައެވެ.

އޭނާއަށް ފަރުވާދީ އޭނާގެ ފުރާނަސަލާމަތްކޮށްދިން އެންމެންނަށް އޭނާ ވަނީ ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައެވެ.

އުމުރުން 113 އަހަރުގެ މާރިޔާއަށް ކޮރޯނާވައިރަހުން ސަލާމަތް ވެވުމުން ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ.