Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

އައްޑޫ ސިޓީ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެ

ރެއިންސުރެ ބޯކޮށް ވާރޭ ވެހި މަގުތަކާއި ގެތަކުގައި ފެންބޮޑުވެފައިވާ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެއެވެ.

ކަރަންޓު ކަނޑައިގެން ގޮސްފައި ވަނީ އިންޖީނަކަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.

އައްޑޫ ސިޓީގެ ކަރަންޓު ކަނޑައިގެން ގޮސްފައިވާއިރު އެ ސިޓީ އަށް ރެއިން ސުރެ އަންނަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. އެކަމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ގެތަކަށް ވެސް ވަނީ ފެން ވަދެފައެވެ.

ގެތަކަށް ފެން ވަދެފައިވާއިރު ބައެއް ގެތަކުގެ ހިފާ ގެންގުޅޭ ތަކެއްޗަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. މަގުތަކުގައި ފެން ހިންދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން އަންނަނީ ކުރަމުންނެވެ.