ރައީސް ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކުގެ އަރިހަށް މެލޭޝިޔާގެ މިނިސްޓަރު އޮފް ފޮރިން އެފެއާޒް ދާތޯ އަނީފާ އަމަން އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުން އޮތީ، މެލޭޝިޔާގައި ހުންނަ ދިވެހި ރާއްޖޭގެ ހައިކޮމިޝަންގައި މިއަދު ހަވީރެވެ.
މި ބައްދަލު ކުރެއްވުމުގައި ރާއްޖެ އާއި މެލޭޝިޔާ އާ ދެ ޤައުމުގެ ދެމެދުގައި ޤާއިމު ކުރެވިފައިވާ ގާތް ގުޅުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.
ރައީސް މެލޭޝިއާ ކުރައްވަމުން ގެންދަނާ ނުރަސްމީ ދަތުރުފުޅުގައި އަންގާރަ ދުވަހު ވަނީ އެ ގައުމުގެ ކުރީގެ ބޮޑު ވަޒީޒު ޑރ. މަހާތީރު މުހައްމަދާ ވެސް ބައްދަލު ކުރައްވައިފަ އެވެ.