Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ރާޢްޖޭގައި ތިބި ތައިލެންޑުގެ 148 މީހަކު އެނބުރި ގައުމަށް

ރާޢްޖޭގައި ތިބި ތައިލެންޑުގެ 148 މީހަކު އެނބުރި ގައުމަށް ފުރައިފިއެވެ.

މިއީ ރާއްޖޭގައި ތިބި ތައިލެންޑް މީހުން އެނބުރި ގައުމަށް ފޮނުވުމަށް ބާއްވާ ތިންވަނަ ފްލައިޓެވެ. ރާއްޖޭގައި ހުންނަ ތައިލެންޑް ކޮންސިއުލޭޓުން ބުނީ ރާއްޖޭގައި ތިބި ތައިލޭންޑުގެ ރައްޔިތުން އެނބުރި ގައުމަށް ގެންދިއުމަށް އިތުރު ފްލައިޓެއް ބާއްވާނެ ކަމަށާއި މިއަދުގެ ނިޔަލަށް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެގައުމުގެ ރައްޔިތުން އެނބުރި ތައިލެންޑަށް ގެންގޮސްދެނީ ގައުމީ އެއާއިލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. އެ އެއާލައިނުން ދަނީ އެ ގައުމުން ރާއްޖެއަށް ކާގޯ ވެސް ގެނެސްދެމުންނެވެ.

ރާއްޖޭގައި ތިބި ތައިލެންޑު މީހުން ފޮނުވާލާއިރު ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން 1500 މީހަކު އެނބުރި ގައުމަށް ވަނީ ފޮނުވާލައިފައެވެ. އެމީހުން ގެންގޮސްފައި ވަނީ އިންޑިއާގެ މަނަވަރެއްގައެވެ.