Last Updated: April 20, 06:31
Saturday, April 20, 2024
ޚަބަރު

ވިއްސާރާގައި އައްޑޫއަށް ގެއްލުންވުމުން ކުއްލި މައްސަލައެއް މަޖްލީހަށް

ހުޅަނގު މޫސުމުގެ ވިއްސާރާގައި އައްޑޫއަށް ބޮޑެތި ގެެއްލުންތަކެއް ލިބިފައިވާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.\

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ކުއްލި މައްސަލަ ހުށަހަޅަމުން ވިދާޅުވީ ކްލައިމެޓު ޗޭންޖަކީ ޖޯކަކަށް ހެދެން ނެތް ކަމަށެވެ. އަދި އައްޑޫއަށް ކުރަމުންދާ ވިއްސާރާގައި ރައްޔިތުންގެ ގެދޮރާއި މުދަލަށް ލިބެމުންދާ ގެއްލުން މިހާރުން މިހާރަށް ކުޑަކުރުމަށް ފިޔަވަޅު އެޅުމަށާއި އާއްމު ރައްޔިތުންނަށް ލިބެމުންދާ ގެއްލުން ފޫބެއްދުމަށް މާލީ ގޮތުން އެހީވުން އަވަސްކުރުމަށް ގަރާރުގައި ވަނީ ގޮވާލާފައެވެ.

މި ގަރާރު މަޖްލިސްއަށް ބަލައިގަތުމަށް 44 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން އައްޑޫއަށް ކުރަމުންދާ ވިއްސާރާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ފޭދޫއަށެވެ. ފޭދޫގެ 600 އެއްހާ ގެއަށް ގެއްލުން ލިބިފައިވާ އިރު މިއީ ފަހުގެ ތާރީހެއްގައި ފޭދޫއަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު ފަހަރެވެ.