ކަރަން ޖޯހަރުގެ "ސްޓޫޑަންްޓް އޮފް ދި އިޔާ" އިން މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފްވި އާލިއާ ބަޓް އާއި ވަރުން ދަވަން، ކަރަންގެ އާ ފިލްމަކަށް ސޮއިކޮށްފި އެވެ.
މި ފަހަރުގެ ފިލްމަކީ "ހަމްޓީ ޝަރްމާ ކީ ދުލްހަނިޔާ" އެވެ.
އެެހެން ނަމަވެސް މި ފިލްްމް ޑައިރެކްޓް ކުރާނީ ކަރަންއެއް ނޫނެވެ. ވަރޫން އާއި އާލިއާ އެކުގައި ކުޅޭ ދެވަނަ ފިލްމް ޑައިރެކްޓް ކުރާނީ ކަރަންގެ ދަރްމާ ޕްރޮޑަކްޝަން އާ އަލަށް ގުޅުނު ޑައިރެކްޓަރު ޝަޝާންތު ކައިތާން އެވެ.
"ހަމްޓީ ޝަރްމާ ކީ ދުލްހަނިޔާ" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 27 ގަ އެވެެ.