Last Updated: May 14, 11:36
Wednesday, May 14, 2025
ޚަބަރު

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް ކަނޑައިގެން ހިނގައްޖެއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ މަރުކަޒީ އިންޖީނުގޭގެ އިންޖީނަކަށް ޓެކްނިކަލް މައްސަލަައެއް ދިމާވެގެން ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އަދި އެކަން ހައްލުކޮށް ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފެނަކައިން ބުނީ އެކި ސަރަހައްދުތަކަށް ބަހާލައިގެން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އައްޑޫ މަރުކަޒީ އިންޖީނުގެއިން ކަރަންޓު ކެނޑުމަކީ އާއްމުކަމެކެވެ. އަދި އެކަން ހައްލު ކުރުމަށް ފެނަކައިން އަންނަނީ ގިނަ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިފަހުން ވަނީ ދެ މެގަވޮޓު ދެ އިންޖީނު ބަހައްޓާފައެވެ. އަދި ޓްރާންސްފޯމަރު ބަދަލުކޮށް އާ ނެޓްވޯކަކާއި އެކު އިންޖީނުގެ އަޕްގްރޭޑު ކުރުމަށް ފެނަކައިން އަންނަނީ މަސައްކަތް ކުރަމުންނެވެ.