Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

އެސްޔޫއެލްގެ މުވައްޒަފުންނަށް މުސާރަ ނުލިބިގެން ޝަކުވާ ކުރަނީ

އެސްޔޫއެލްގެ މުވައްޒަފުންތަކެއް ލިންކް ރޯޑް މަރާމާތު ކުރަނީ. ފޮޓޯ/ އައްޑޫ ލައިވް

ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) ގެ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ލިބުން ލަސްވެގެން ޝަކުވާ ކުރަން ފަށައިފި އެވެ.

މިދިޔަ ނޮވެމްބަރު މަހު ވެސް ފެނަކައިގެ ދަށުން ހިންގަމުން އަންނަ އެސްޔޫއެލްގެ މުވައްޒަފުންނަށް މުސާރަ ލިބުން ލަސްވެގެން ޝަކުވާކޮށްފައިވެ އެވެ. އެ ފަހަރު މުވައްޒަފުންނަށް މުސާރަ ލިބުނީ ނޮވެމްބަރު މަހުގެ 8 ގަ އެވެ.

"ކުރިން ވެއްޖިއްޔާ އަޅުގަނޑުމެންނަށް އާންމުކޮށް މުސާރަ ލިބޭ މަހުގެ 29،28 ހިސާބުގައި. ނަމަވެސް މި މަހުގެ 8 ވަނަ ދުވަހާ ހަމައަށް އައި އިރު ވެސް މުސާރަ ނުލިބިގެން އުޅެން މި ޖެހެނީ،" އެސްޔޫއެލްގައި މަސައްކަތްކުރާ ހިތަދޫ މީހަކު ބުންޏެވެ. "އަނެއްކާ މުސާރަ އަށް މާ ބޮޑު އެއްޗެއް ލިބެނީކީ ވެސް ނޫން. ގިނަ މުވައްޒަފުންނަކީ ކުޑަކުޑަ މުސާރައެއް ލިބޭ މީހުން."

ފެނަކަ ކޯޕަރޭޝަންގެ މެޖިން ޑިރެކްޓަރު މުހައްމަދު ނިމާލް މިދިޔަ ނޮވެމްބަރު މަހު ވިދާޅުވީ މި ކުރިއަށް އޮތް ތަނުގައި ކޮންމެ މަހެއްގެ 28 ނުވަތަ 29 ހިސާބުގައި މުވައްޒަފުންނަށް މުސާރަ ދޭން ކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.