Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

އުމުރުން ދުވަސްވީ މީހުންގެ ރެންޑަމް ސާމްޕަލިންއަށް އެއްބާރުލުން ބޭނުން: ޑރ. އަފްޒަލް

ކޮވިޑް-19 މާލެ ތެރޭގައި ފެތުރިފައި އޮތް މިންވަރު ދެނެގަތުމަށް އުމުރުން ދުވަސްވީ މީހުންގެ ރެންޑަމް ސާމްޕްލިން ނަގަމުން އަންނައިރު އެކަމަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް އެޗްޕީއޭގެ އެޕިޑެމިލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް އެދިވަޑައިގެންފިއެވެ.

ރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ޑރ. އަފްޒަލް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ މެދުގައި ރެންޑަން ސާމްޕްލްސް ތައް ނަގަމުން އަންނަ އިރު އެކަމަށް ހުރިހާ ބޭފުޅުންގެ ފަރާތުން އެއްބާރުލުން ބޭނުންކަމަށެވެ.

ކޮވިޑް-19 ޕޮޒިޓިވްވާ މީހުންގެ ތެރެއިން އެންމެ ހައި ރިސްކު އެއް ބަޔަކީ އުމުރުން ދުވަސްވީ މީހުންނެވެ. އެހެންވެ އުމުރުން ދުވަސްވީ މީހުންނަށް ބަލި ޖެހުން މަދު ކުރުމަށް އެޗްޕީއޭއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 1143 މީހުން ޕޮޒިޓިވްވެފައިވާ އިރު 4 މީހަކު މި ބަލީގައި މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ދިވެހި 3 މީހަކާއި ބިދޭސީއެކެވެ. މަރުވި 3 ދިވެހިންނަކީވެސް އުމުރުން ދުވަސްވީ މީހުންނެވެ.