Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އިތުރު 43 މީހުން ޕޮޒިޓިވްވެ ރާއްޖޭގެ އަދަދު 1186އަށް

ކޮވިޑް-19 އަށް އިތުރު 43 މީހުން ޕޮޒިޓިވްވެ ރާއްޖެއިން މިބަލި ޖެހުނު މީހުންގެ އަދަދު 1186 އަށް އަރައިފިއެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި ބަންގުލަދޭޝްގެ 28 މީހުންގެ އިތުރުން އިންޑިއާގެ ހަތަރު މީހަކާއި ނޭޕާލުގެ މީހެކެވެ.

ރާއްޖެއިން މިހާތަނަށް އެންމެ ގިނައިން ޕޮޒިޓިވެވައިވަނީ ބަންގްލަދޭޝްގެ މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއި އެކު ރާއްޖެއިން ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު މިވަނީ 609 އަށް އަރާފައެވެ. މި ބަލި ޖެހުނު ދިވެހިންގެ އަދަދު ވަނީ 428އަށް އިތުރުވެފައެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް 4 މީހަކު މަރުވެފައިވާ އިރު ބަލި ޖެހުނު 91 އަށް އަރާފައެވެ.