މި އަހަރުގެ ފިތުރު އީދު ދުވަހުގެ ތަހުނިޔާާ އާއި ހެޔޮ އެދުންތައް އައްޑޫގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް "އައްޑޫ ލައިވް" ގެ ފަރާތުން ފޮނުވަމެވެ.
ހާއްސަކޮށް މި ނޫހުގެ އެންމެހައި ކިޔުންތެރިންނަށާއި ހެޔޮ އެދޭ ފަރާތްތަކަށް ވަރަށް އުފާވެރި ބާއްޖަވެރި އީދަކަށް އެދެމެވެ.
ފިތުރު އީދު ދުވަހު ވެސް ކިއުންތެރިންނަށްޓަކައި އައްޑޫގައި ހިނގާ މުހިއްމު ކަންތައްތަކާ ބެހޭ މައުލޫމާތު، ކިއުންތެރިންނަށް ތާޒާކަމާ އެކު ގެނެސް ދިނުމަށް "އައްޑޫ ލައިވް" ގެ ނޫސްވެރިން މެދުކެނޑުމެއް ނެތި ހީވާގިކަމާ އެކު އަންނާނީ މަސައްކަތް ކުރަމުންނެވެ.