Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

އިތުރު 30 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

އިތުރު 30 މީހަކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނީ 14 ދިވެއްސަކާއި ބަންގްލަދޭޝް 10 މީހުންނާއި އިންޑިއާ 6 މީހަކު ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި 30 މީހުންނާއި އެކު މުޅި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1،216 އަށް އަރާފައެވެ.

ރާއްޖެއިން މިހާތަނަށް އެންމެ ގިނައިން ޕޮޒިޓިވެވައިވަނީ ބަންގްލަދޭޝްގެ މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއި އެކު ރާއްޖެއިން ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު މިވަނީ 622 އަށް އަރާފައެވެ. މި ބަލި ޖެހުނު ދިވެހިންގެ އަދަދު ވަނީ 434 އަށް އިތުރުވެފައެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް 4 މީހަކު މަރުވެފައިވާ އިރު ބަލި ޖެހުނު 91 އަށް އަރާފައެވެ.