Last Updated: April 19, 10:45
Friday, April 19, 2024
ޚަބަރު

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެ

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެއެވެ.

މިރޭ 10:05 ހާއިރު ގުޅިފައިވާ ހުރިހާ ރަށަކުން ކެނޑިފައިވާ އިރު ކަރަންޓު ކެނޑުނީ ކިހިނެއްވެގެންކަމެއް އަދި ސާފެއް ނުވެއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުނު އިރު މިމަހުގެ 19 ދުވަހުވެސް ވަނީ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިފައެވެ. ފެނަކަ ކޯޕަރޭޝަނުން އެދުވަހު ބުނީ ކަރަންޓު ކެނޑުނީ އިންޖީނަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ.

ފަހަކަށް އައިސް އައްޑޫން ކަރަންޓު ކެނޑުންވަނީ އާއްމު ކަމަކަށްވެފައެވެ.