Last Updated: June 9, 16:46
Tuesday, June 9, 2026
ދީން

ސްޓޭޑިއަމްގައި ފިތުރު އީދު ނަމާދުކޮށްފި

ސްޓޭޑިއަމްގައި އީދު ނަމާދު ކުރަނީ. ފޮޓޯ/ ކިއުންތެރިއެއް

އައްޑޫގައި ފުރަތަމަ ފަހަރަށް ގިނަ އަދަދެއްގެ ބަޔަކު އެއް މައިދާނަކަށް ޖަމާވެ މި އަހަރުގެ ފިތުރު އީދު ނަމާދުކޮށްފި އެވެ.

ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް އީދު ނަމާދުކޮށްފައި ވަނީ ހިތަދޫ ޒޯން ސްޓޭޑިއަމްގަ އެވެ. އެތަނުގައި 2،000 އެއްހާ މީހުންނަށް ނަމާދު ކުރެވޭނެ ގޮތް، މިކަން އިންތިޒާމް ކުރި ނޫރުލް އިސްލާމްގެ ފަރާތުން ވަނީ ހަމަޖައްސާފަ އެވެ.

އެގޮތުން ފިތުރު އީދު ނަމާދުގައި ގުޅިފައިވާ ރަށްރަށުން ގިނަ އަދަދެެއްގެ މީހުން ބައިވެރިވި އެވެ. މީގެ ތެރޭގައި އަންހެނުންނާއި ގިނަ އަދަދެއްގެ ކުޑަ ކުދިން ބެސް ހިމެނެ އެވެ.

ސްޓޭޑިއަމްގައި ފިތުރު ނަމާދު ކުރުން އިންތިޒާމް ކުރު ނޫރުލް އިސްލާމްގެ ރައީސް ޝެއިހް މުހައްމަދު އަނީލް ވިދާޅުވީ އީދު ނަމާދުގައި 2،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އެހެންވެ މިކަމަށް އުންމީދު ކުރި ވަރަށް ވުރެ ވެސް ބޮޑަށް އާންމުންގެ ތަރުހީބު ލިބިފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ފިތުރު އީދު ނަމާދު އިމާމްވެ ކުރެެއްވީ ޝެއިހް އިލްޔާސް ހުސައިން އެވެ.