Last Updated: June 22, 11:39
Sunday, June 22, 2025
ޚަބަރު

ޕެނަލް އަޕްގްރޭޑްކުރުމަށް މާދަމާ އައްޑޫން ކަރަންޓް ކަނޑަނީ

އައްޑޫ ސިޓީގެ އިންޖީނުގޭގެ ޕެނަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާދަމާ ދެ ގަޑިއިރަށް ކަރަންޓު ކެނޑުމަށް ނިންމައިފިއެވެ.

ފެނަކަ އިން ބުނީ މި މަސައްކަތް ކުރުމަށް އައްޑޫން ކަރަންޓް ކެނޑުމަށް ނިންމާފައިވަނީ މާދަމާ ހެނދުނު 10:00 އިން 12:00 އަށް ކަމަށެވެ.

ނަމަވެސް ރޭވިފައިވާ ގޮތަށް އިތުރު މައްސަލައެއް ދިމާނުވެ މަސައްކަތް ކުރިއަށް ގެންދެވިއްޖެނަމަ ހަމަޖެހިފައިވާ ގަޑިއަށް ވުރެ އަވަހަށް ކަރަންޓު ދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ފެނަކަ އިން ބުނެއެވެ.

"ކަރަންޓް މެދުކެނޑިފައި އޮންނަ ވަގުތުތަކުގައި ތިޔަ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މައާދަށް އެދެން" ފެނަކައިން ބުނެއެވެ.

އައްޑޫ އިންޖީނުގޭގެ ޕެނަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ފެނަކަ އިން ކުރުމަށް ހަމަޖެހިފައިވާއިރު، މިދިޔަ ރޯދަ މަހުގެ ތެރޭގައި ހަތަރު ފަހަރެއްގެ މަތިން އައްޑޫން ކަރަންޓު ކެނޑިފައިވެއެވެ.