ސ. ހުޅުދޫ "މަސްޖިދުލް ވަހުދާ" ގައި މިއަދު ކާޕެޓް އަޅައިފި އެވެ.
މާލޭގައި މަސައްކަތް ކުރާ ހުޅުދޫ ހަތަރު ޒުވާނަކު އިސް ނަގައިގެން ވަހުދާ މިސްކިތުގައި އަޅައި ދިން ކާޕެޓްގެ އަގު ގާތްގަނޑަކަށް 33،000ރ. އަށް ވުރެ ބޮޑުވާނެ ކަމަށް މިކަމުގައި އިސްކޮށް ހަރަކާތްތެރިވި މީހަކު ބުންޏެވެ.
އޭނާ ބުނީ ކުރިން މަސައްކަތް ކުރީ ރަމްޟާން މަހުގެކުރީން ކާޕެޓް އަޅައި ންމަން ކަމަށެވެ.
އެހެން ނަމަވެސް ކާޕެޓްތައް ރަމަޟާން މަސް ފެށުމުގެ ކުރީން ރަށަށް ގެނެވޭނެ ގޮތެއް ނުވެގެން އެކަން ނުކުރެވުނ ކަމަށެވެ.
ފަހަކަށް އައިސް ހެޔޮ އެދޭ ފަރާތްތަކުން އައްޑޫގެ މިސްކިތްތަކުގައި ކާޕެޓް އަޅައި ދީ، އޭސީކޮށް ދެމުން ގެންދާކަން ފާހަގަކޮށްލެވެ އެވެ.