Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އޮސްޓޭރިލާގެ އަލިފާންގަނޑު ފެތުރުނު ގޮތުގެ ތަހުގީގު ފަށައިފި

Sean Davey/EPA

އޮސްޓްރޭލިއާގެ ބޮޑު އަލިފާންގަނޑު ފެތުރުނު ގޮތުގެ ތަހުގީގުތަށް ފަށައިފިއެވެ.

ހޯމަ ދުވަހު ފެށުނު އަޑު އެހުންތަކާ އެކު، 33 މީހުން މަރުވެ، 2500 ގެ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، މުޅި ދެކުނު ކޮރިއާ ވަރުގެ ސަރަހައްދެއް އަނދަން މެދުވެރިވި ސަބަބު ބެލިގެންދާނެއެވެ.

އެތަށް މަހެއް ވަންދެން އަނދަމުން ދިޔަ މި އަލިފާންގަނޑުތައް ފެށެން މެދުވެރިވި ގޮތް ބެލެމުން ދާއިރު، ކަމާ ބެހޭ މާހިރުން ލަފާ ކުރާ ގޮތުގައި ދުނިޔެއަށް އަންނަ މޫސުމީ ބަދަލުތައް މިކަމުގައި ހިއްސާއެއް އަދާކޮށްފައިވެއެވެ. އެގޮތުން ތިން އަހަރު ވަންދެން ވާރޭ ނުވެހި އޮތުމަކީ އަލިފާންގަނޑު ފެތުރުނު ސަބަބެއް ކަމުގައި ބެލެވެއެވެ.

މި އަލިފާންގަނޑު ފެތުރިގެން ގޮސްފައިވަނީ އެކި ވަރުގެ އެތައް ސަތޭކަ އަލިފާންގަނޑުގެ ގޮތުގައެވެ. އަދި މަތަ ކުރެވުނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ޕްރައިމް މިނިސްޓަރ ސޮކްޓް މޮރިސަން ވިދާޅުވި ގޮތުގައި ހަ މަސް ދުވަސް ވަންދެން ކުރިއަށް ގެންދެވޭ ރޯޔަލް ކޮމިޝަންގެ މި ތަހުގީގުތަކުން، ކުރިއަށް އޮތް ތަނުގައި ހިނގާފާނެ މިފަދަ އަލިފާންގަނޑުތަކަށް ތައްޔާރު ވެވިފައިވާ މިންވަރުވެސް ބެލިގެންދާނެއެވެ. އަދި މިފަދަ އަލިފާންގަނޑުތައް މަތަ ކުރުމުގައި މަސައްކަތްކުރާ އެމަޖެންސީ އިދާރާތަކުގެ މަތިން ހުންނަ އިދާރާއަކީ ކޮބައިކަން ދެނެގަތުމަށް، ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތަކަކީ ކޮބައިކަންވެސް ދެނެގަނެވިގެންދާނެއެވެ.

އެކިއުވެދަރ އިން ބުނެފައިވާ ގޮތުގައި ސެޕްޓެމްބަރ 2019 އިން ފެބްރުއަރީ 2020 އާއި ހަމައަށް މި އަލިފާންގަނޑުގެ ސަބަބުން 110 ބިލިއަނެއްހާ ޑޮލަރުގެ ގެއްލުން ވެފައިވެއެވެ. އަދި އެތައް މިލިއަން މީހުންނެއް ވަނީ ދުމާއި، ނުސާފު ވައިގެ ތެރޭގައި އެތައް މަހެއް ވަންދެން އުޅެން ޖެހިފައެވެ.