Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ތައިލެންޑުގައި ތިބި 26 ދިވެއްސަކު ރާއްޖެ ގެންނަނީ

އެއާޕޯޓުގައި ބަޔަކު ފުރަން ގޮސްފައި -- ފޮޓޯ / ރާއްޖެ އެމްވީ

ކޮވިޑް19 ގެ ސަބަބުން ރާއްޖެ ނާދެވިފައި ތިބި 26 ދިވެއްސަކު ތައިލޭންޑުން މިރޭ ރާއްޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ތައިލޭންޑުގައި މިވަގުތު ތިބި ދިވެހިންގެ ތެރެއިން 26 ދިވެއްސަކު މިރޭ ރާއްޖެ އަންނާނެ ކަމަށެވެ. އެގައުމުގައި 50އަށް ދިވެހިން އެބަތިއްބެވެ.

އެމީހުން ގެނައުމަށްފަހު 14 ދުވަހުގެ ކަރަންޓީނެއްގައި ތިބޭނެއެވެ.

ތައިލޭންޑުން 26 ދިވެހިން ރާއްޖެ ގެންނައިރު ރާއްޖެއާ ލަންކާގައި ތިބި އެގައުމުގެ ރައްޔިތުންތަކެއް ގައުމެއް ގެންދިއުމަށް މޯލްޑިވިއަންގެ ފްލައިޓެއް ވަނީ ފުރާފައެވެ.