Last Updated: March 28, 17:21
Thursday, March 28, 2024
ދުނިޔެ

އެމެރިކާ ހަނާހުނި ވާއިރު ޓްރަމްޕް ގޮލްފް ކުޅުއްވުމުގައި

ކޮވިޑް-19 (ކޮރޯނާވައިރަސް)ގައި އެމެރިކާ ހަނާހުނި ވަމުންދާއިރު ރައީސް ޑޮނަލްޑް ޓްރަމްޕް ގޮލްފް ކުޅުއްވުމުގައި އުޅުއްވަނިކޮށް ފެނިއްޖެއެވެ.

ކޮރޯނާވައިރަސް އެމެރިކާއަށް ފެތުރި ގައުމު އޮތީ ވަރަށް ނާޒުކު ހާލަތެއްގައެވެ. ނަމަވެސް ހަފުތާ ބަންދުގެ ދެދުވަސް ޓްރަމްޕް ހޭދަކުރެއްވީ ވާރޖީނިއާ ގޮލްފް ކޯސްގައެވެ. އެއީ ޓްރަމްޕްގެ އަމިއްލަފުޅުތަނެކެވެ.

ޓްރަމްޕް ގޯލްފް ކުޅުއްވަން އުޅުއްވިއިރު ހުންނެވީ މާސްކު ނާޅުއްވައެވެ. ނަމަވެސް އަރިހުގައި ތިއްބެވި ބޭފުޅުން އުޅުއްވީ މާސްކު އަޅުއްވައިގެންނެވެ.

ހޯމަދުވަހުގެ ހަވީރުގެ ވަގުތަށް ބަލާއިރު ކޮރޯނާވައިރަސް ޖެހިގެން އެމެރިކާގައި 97700 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އެގައުމުގެ 1.6 މިލިއަނަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހުނުކަމަށް ރެކޯޑުތަކުން ދައްކައެވެ.

ދާދިފަހުން ރައީސް ޓްރަމްޕް ދެއްވި ބަޔާނެއްގައި ވިދާޅުވީ ކޮރޯނާވައިރަސް ޖެހިގެން އެމެރިކާގައި މަރުވާ މީހުންގެ އަދަދު މި މޭމަހުގެތެރޭގައި ލައްކައަކަށް އަރާނޭކަމުގައެވެ.

ރައީސް ޓްރަމްޕް ބޭނުންފުޅުވަނީ ފުރަބަންދުން ގައުމު ސަލާމަތްކޮށް ރައްޔިތުން ބިރެއް ނެތި މަޖާކުރަމުން ގެންދިއުމަށެވެ. ނަމަވެސް އެމެރިކާގެ ވަރަށް ވިނަ ބަޔަކު ރައީސް ޓްރަމްޕުގެ އެސިޔާސަތަށް ތާއީދެއް ނުކުރެއެވެ.