Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މަސްތުގެ ހާލަތުގައި ހުރެ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މީހަކު ހައްޔަރުކޮށްފި

ލ. ގަން ---

ލ. ގަމުގައި މަސްތުގެ ހާލަތުގައި ހުރި މީހަކު ގެއަކަށް ވަދެ އަންހެނަކާއި ގަދަކަމުން ބަދު އަހުލާގީ ހިންގި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

މި ހާދިސާ ހިނގީ މި މަހުގެ 24ވަނަ ދުވަހުއެވެ. މަސްތުގެ ހާލަތުގައި ހުރެ ބަދު އަހުލާގީ އަމަލު ހިންގީ 20 އަހަރުގެ އަންހެނަކާއި އެކުގައެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އިއްޔެއެވެ.

ފުލުހުން ބުނީ މި މައްސަލާގައި 28 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.